ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަޒީރުންނާ ސުވާލުކުރުމަށް ދީފައިވާ ވަގުތު އިތުރު ކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ކުޑޫ ހުށަހެޅުއްވީ މަޖިލީހުގެ ގަވާއިދުގެ 81ވަނަ މާއްދާ އަށެވެ. އެ އިސްލާހުގައި ބުނެފައި ވަނީ 10 ފޮޅުވަތަކަށްވުރެ ދިގު ނުވާނެ ގޮތަށް ވަޒީރުންނާ ސުވާލު ކުރުމުުގެ ފުރުސަތު ދިނުމަށެވެ.
ގަވާއިދުގައި މިހާރު ބުނެފައި ވަނީ ވަޒީރުންނާ ކުރައްވާ ސުވާލު ފަސް ފޮޅުވަތަށްވުރެ ދިގު ނުކުރުމަށެވެ.
މީގެއިތުރުން ގަވާއިދަށް ކުޑޫ ހުށަހަޅާފައިވާ އިސްލާހުގައި ވަޒީރުންނާ އިތުރު ސުވާލު ކުރުމަށް ލިބޭ ފުރުސަތު އެއް މިނެޓަށްވުރެ ދިގު ނުވާނެ ގޮތަކަށް ކަނޑައަޅައި ދިނުމަށްވެސް އެދިފައިވެއެވެ.
ގަވާއިދުގައި މިހާރު ބުނެފައި ވަނީ ވަޒީރުންނާ އިތުރު ސުވާލު ކުރުމުގެ ދިގު މިނަކީ 45 ސިކުންތު ކަމަށެވެ. މި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ވަނީ ފޮނުވައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ