މާލޭގެ ދެ ބޮންޑެޑްވެއާ ހައުސް އިން ސިނގަރޭޓު ބޭރުކުރި މައްސަލާގައި ކަސްޓަމްސް އަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް ބަންޑާރަ ނާއިބުގެ އޮފީހަށް ކަސްޓަމްސް އިން ހުށަހަޅައިފިއެވެ.
ކަސްޓަމްސް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ "އެގްޒޯޓިކް އެންޓަޕްރައިސަސް" ބޮންޑެޑް ވެއާހައުސްގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ތަން ޗެކްކުރިއިރު، އެ ތަނުގައި ހުންނަން ޖެހޭ ޖުމްލަ 575 ކޭސް ސިނގިރޭޓް ގަވާއިދާ ހިލާފަށް ނެރެފައިވާ ކަމަށެވެ. އެއީ ކެމަލް ޔެލޯ ބްރޭންޑުގެ 165 ކޭސް ސިނގިރޭޓާއި އެމެރިކަން ލެޖެންޑް ބްރޭންޑުގެ 110 ކޭސް ސިނގިރޭޓާއި މެންޗެސްޓާ ރޯޔަލް ރެޑް ބްރޭންޑުގެ 300 ކޭސް ސިނގިރޭޓެވެ.
މީގެއިތުރުން "އެސްޖީއެމް ބޮންޑެޑް ވެއާހައުސް"ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ތަން ޗެކްކުރިއިރު، އެތަނުގައި ހުންނަން ޖެހޭ އެމެރިލަން ލެޖެންޑްގެ ބްރޭންޑްގެ 250 ކޭސް ސިނގިރޭޓާއި އަފްޒަލް މޮލެދސޭސް ބްރޭންޑްގެ 130 ކޭސް ޕައިޕް ޓޮބޭކޯ ގަވާއިދާ ޚިލާފަށް ބޮންޑެޑް ވެއާހައުސްއިން ނެރެފައިވާ ކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ.
ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި އެ މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެތަންތަނުގެ ރަޖިސްޓްރީ މިހާރު ބާތިލް ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެ މައްސަލައިގައި ހިމެނޭ މުދަލަށް "އެގްޒޯޓިކް ބޮންޑެޑް" ވެއާހައުސްއިން ދައްކަންޖެހޭ 47,182,011.86 ރުފިޔާ އާއި "އެސްޖީއެމް ބޮންޑެޑް ވެއާހައުސް" އިން ދައްކަންޖެހޭ 20,720,412.54 ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށްޓަކައި، ބަންޑާރަ ނާއިބުގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު