ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ފްލެޓެއްގެ މަތިން ވެއްޓުނު މީހަކު މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ސްޓެލްކޯ ޓަވަރު "ސީ" ގެ ބިއްދޮށުގައި ވެއްޓިފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ވެއްޓިފައި އޮތީ ހ. ގިނިރާހީއާގެ / އިބްރާހީމް ޝަރަފް ނަމަކަށް ކިޔާ އުމުރުން 31 އަހަރުގެ ޒުވާނެކެވެ.
ފުލުހުން ބުނި ގޮތުގައި އެ ޒުވާނާ ވެއްޓިފައި އޮތީ 9ވަނަ ފަންގިފިލާ އިންނެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ