ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެކަން އިއުލާން ކުރެއްވީ މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާ ފައްޓަވައި ދެއްވަމުން އަބްދުއްރަހީމެވެ. ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެމަނިކުފާނު އިންޑިއާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެއަށްފަހު މަޖިލީހުގެ ރިޔާސަތު، މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމާ ހަވާލު ކުރެއްވިއެވެ.
އިންޑިއާގެ ނޫސްތަކުގައި މީގެކުރިން ވަނީ މިކަން ރިޕޯޓުވެސް ކޮށްފައެވެ. އެގޮތުން މިދިޔަ ޑިސެމްބަރު ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މި މަހުގެ 10 އިން 14 އަށް އަބްދުއްރަހީމް އިންޑިއާ އަށް ޒިޔާރަތް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.
އަބްދުއްރަހީމްގެ ދަތުރުފުޅަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ކަމަށްވާ ލޮކްސަބާ ރައީސް ޝްރީ އޯމް ބިރްލާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް ބުނެފައިވެއެވެ.
މިއީ މަޖިލިސް ރައީސްކަމާ އަބްދުއްރަހީމް ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ