ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައި އެކްސްގެ ފޭކް އެކައުންޓެއް ހަދައިގެން ކްރިޕްޓޯ ކަރަންސީ ސްކޭމެއް ބަޔަކު ހިންގަން ފަށައިފިއެވެ.
ރައީސް މުއިއްޒުގެ ނަމުގައި ހަދާފައިވާ ފޭކް އެކައުންޓުގައި އެކްސް އިން ދައުލަތުގެ ވެރިންނަށް ދޭ އަޅި ކުލައިގެ ވެރިފިކޭޝަން ބެޖު ވެސް އެ އެކައުންޓުގައިވެއެވެ.
އެއީ ސައްހަ ނޫން އެކައުންޓެއް ކަމަށާއި އަދި ރާއްޖޭގެ ރައީސް އެފަދަ އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަން ހާމަ ކޮށްފައި ވަނީ ކްރިޕްޓޯ ކަރަންސީއާ ގުޅޭ އެކައުންޓަކުންނެވެ.
އެ އެކައުންޓުން ބުނީ ރާއްޖޭގެ ރައީސްގެ ނަމުގައި ހިންގަމުން އަންނަނީ ސްކޭމެއް ކަމަށާއި އެކަމަށް ސަމާލުވުމަށެވެ. އަދި ރާއްޖޭން ކްރިޕްޓޯ ކަރަންސީ ލޯންޗު ނުކުރާ ކަމަށްވެސް ބުނެފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ