ކުރިޔަށް އޮތް ރަމަޟާން މަހު ކެފޭ އަދި ރެސްޓޯރަންޓު ފަދަ ތަންތަން ހުޅުވޭނެ ވަގުތާއި އަދި އެންމެ ލަސްވަންދެން ކެފޭތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތު އާއްމު ކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 17:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށެވެ.
އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ އެދުވަހެއްގެ ފަތިހު 16:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކުން ވަނީ މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް ވެސް އާއްމު ކޮށްފައެވެ. އެގޮތުން އެ މިނިސްޓްރީން ބުނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މުދާ ވިއްކާ ތަންތަން ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.
ރޯދަމަހާއި ހަ ރޯދަ ނިމެންދެން ވެސް އެވަގުތުތަކުގައި މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ