ހުޅުމާލޭގައި ރޭ މީހަކަށް ކޯރާޑިއަކުން ހަމަލާދީ ފިލަން އުޅުނު ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓާފް ދަނޑުގެ ހުޅަނގު ފަަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު ކޯރާޑިއަކުން ހަމަލާދީފައިވާ ކަމަށެވެ. އެ މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭގެ 23:35 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެ މާރާމާރީގައި އަނިޔާވި މީހާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފިލައިގެން ހުޅުމާލެ އިން މާލެ އަށް ދިއުމަށް ސިނަމާލެ ބްރިޖު ހައިވޭ އިން ދަނިކޮށް ހިފަހައްޓާފައިވާ ކަމަށެވެ.
އެ މީހުން ހިފެހެއްޓި ސަރަހައްދުން މާރާމާރީ ހިންގުމަށް ބޭނުންކުރި ހަތިޔާރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ
ވަޒީފާ ދިނުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން ލާޒިމުކޮށްފި
މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރި މައިމޫން ވިލިމާލެ ޖަލަށް
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި