ރ. މީދޫގައި ރޭ ފުލުހަކާއި ކުޑަ ކުއްޖަކާއި ދެމެދު ހިނގި ހަމަނުޖެހުމެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މީދޫގެ މަގުމަތީ ބުރާސްފަތި ދުވަހުގެ ރޭ އަޑުގަދަ ކުރަމުންދިޔަ ކުދިބަޔަކަށް އެކަން ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވި ނަމަވެސް އަޑުގަދަ ކުރުން ނުހުއްޓާނެ ކަމަށް ބުނެ ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް އެ ކުދިން ދެކޮޅު ހެދި ކަމަށެވެ.
އެގޮތުން މައުލޫމާތު ނުދޭނެ ކަމަށް ބުނެ ސުލްހަ ވާން އެ ކުދިން ދެކޮޅު ހެދުމުން އެ ރަށު ފުލުސް ސްޓޭޝަނަށް ހާޒިރުވުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު އެންގި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެގޮތަށް އެ ކުދިންނަށް އެންގުމުން އަޑުގަދަ ކުރި ކުދިންގެ ތެރެއިން ކުއްޖަކު ފުލުސް މީހާ އަށް ހަމަލާދިން ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުންޏެވެ
މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.
ފުލުހުން ބުީ ހަމަނުޖެހުން ހިންގި ކުއްޖާއަށް ފުލަހަކު އަނިޔާކުރި ކަމަށް ކުއްޖާގެ އާއިލާއިން ތުހުމަތުކުރާތީ އެ މައްސަލަ ވެސް ފުލުހުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ ހާދިސާގައި ފުލުސް މީހާ ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި ފުލުސް އޮފިސަރު އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހަދަމުން އަންނަ ކަމަށް ވެސް ބުންޏެވެ. ކަމަށް ފުލުހުން ބުންޏެވެ.
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި
ރިސޯޓުތަކަށް ލިބޭ ދަތިތަކަށް ބީއެމްއެމްލް އިން އެހީވަނީ
ހުޅުމާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންގެ މަސައްކަތް ފަށައިފި