މި އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ގާނޫނުއަސާސީއާ ގުޅޭ މުހިއްމު އިސްލާހުތަކެއް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން މަޖިލިސް އިދާރާގައި ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ މިދިޔަ އަހަރު ވެސް ސަރުކާރުން މުޅިން އަލަށް 8 ބިލަކާއި އެކި ގާނޫނުތަކަށް ގެންނަން ހުށަހެޅި 21 އިސްލާހާއެކު 35 ބިލެއް މަޖިލީހަށް ހުށަހެޅުއްވި ކަމަށެވެ.
މީގެތެރެއިން ވެސް ބައެއް ބިލުތަކަކީ މުހިއްމު ބިލުތަކެއްކަން ރައީސް ފާހަގަކޮށްލެއްވިއެވެ. އޭގެތެރޭގައި މެންބަރުން އިންތިހާބުވެވަޑައިގަންނަވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ވައުދުވެވަޑައިގެންނެވި ގޮތަށް ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ކަފާލާތުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގާއިމް ކުރުމަށް ގާނުނަށް ގެނެވުނު އިސްލާހު ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ތެރޭގައިވެސް މުހިއްމު ބިލުތަކެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށާއި އޭގެތެރޭގައި ވެސް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެކުގައި ބާއްވާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ފާހަގަކޮށްލެވޭ ކަމަށް ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާކުރައްވާ ދުވަސް ނޮވެމްބަރު 17ގެ ބަދަލުގައި ނޮވެމްބަރު 11 އަށް ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް މި ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.
މި ދައުރުގެ ތެރޭގައި ހުށަހަޅާ ބައެއް އެހެން ބިލުތައް:
- ބޯހިޔާވަހިކަމުގެ ބިލު
- ދައުލަތުގެ އެސެޓްތައް އަނބުރާ ހޯދުމަށްޓަކާ އެސެޓް ރިކަވަރީއާބެހޭ ބިލު
- ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހަޅާ ބިލު
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި