ޣައްޒާ އިން ފަލަސްތީނުގެ ރައްޔިތުން ބާލަން ދުވަހަކުވެސް ތާއީދު ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހުގައި އިއްވަވާފައެވެ. އެ ބަޔާނުގައި ރައީސް ވަނީ ޣައްޒާ އަކީ ފަލަސްތީނު ރައްޔިތުންގެ ބިމެއް ކަމަށް ވިދާޅުވެފައެވެ. ދުނިޔޭގައި އަމާންކަން ގާއިމްކޮށްފައި އޮތުމަކީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދަށުން އިސްކަން ދެއްވާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޣައްޒާ ތަރައްގީ ކުރަން، އެ ތަނުން ރައްޔިތުން ބާލަން އެމެރިކާ އިން ވަނީ ހުށަހަޅައިފައެވެ.
"ޣައްޒާއިން ފަލަސްތީން ރައްޔިތުން ބެލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ވަކި ދައުލަތެއް ގާއިމްކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އިމިގްރޭޝަންގެ ރެއިޑު މިފަހަރު އަމާޒުކުރީ ފުޑްކޯޓަށް
ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުން މަޑުޖެހިއްޖެ: ނަޝީދު
ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެގަނެވޭނެ ގޮތެއް ނޯންނާނެ
ސެކިއުރިޓީ ކަނޑާލިއަސް، މުޒާހަރާއަށް ދާނަން: ނަޝީދު
ފަވަރައާ ޔޫޕީއައި ގުޅާލުމުން ދެގައުމަށްވެސް ލުއިތައް ލިބޭނެ
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި