މިއަހަރުގެ ރަމަޟާން މަހަށް ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރު، ލައްކައަކަށްވުރެ ގޭބިސީއަށް ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ވަނީ ސައުދީން ހަދިޔާކުރި ކަދުރާއި ގުޅޭ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ. މީޑިއާތަކާއި ވެސް ހިއްސާ ކޮށްފައިވާ އެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މާލެ ސަރަހައްދަށް ދޫކުރަން ކަނޑައެޅި އަދަދަށް ކަދުރު ދޫކުރުން ނިމިފައިވާއިރު މާލެ ހުޅުމާލެ އަދި ވިލިމާލެއަށް 11،375 ޕެކެޓު ކަދުރު ވަނީ ބަހައިފައެވެ. އެއީ 46،251 ގޭބިސީއަށް ވާ ކަދުރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ..
މީގެ އިތުރުން ކައުންސިލްތަކަށް ވަނީ 56،461 ގޭބިސީއަށްވާ 10،788 ޕެކެޓު ދޫކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މިއާއެކު މިހާތަނަށް ދޫކުރި ޖުމްލަ ކަދުރު ޕެކެޓުގެ އަދަދަކީ 22،163 ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ މިއީ ފަހުގެ ތާރީހެއްގަައި ރަމަޟާން މަހުގެ ކުރިން ސައުދީން ހަދިޔާކުރި ކަދުރު ބަހާ ނިމުން ފުރަތަމަ ފަހަރު ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ