"ރާއްޖެ ޓީވީ" އިން ބްރޯޑްކާސްޓުކުރި ލަވައެއްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން އިން ބަލަން ފަށައިފިއެވެ.
ދާދިފަހުން އިދިކޮޅު އެމްޑީޕީން ބޭއްވި "ފުދިއްޖެ ފުނޑިއްޖެ" ހިނގާލުމުގެ ކަވަރޭޖަށް "ރާއްޖެ ޓީވީ" އިން ގެނެސްދިން އެ ލަވައަކީ އާމިރު ސަލީމް ހަދާފައިވާ ޅެމެކެވެ. އެ ލަވާގައި ސަރުކާރަށް ފާޑު ކިޔާފައިވެއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެ ލަވައިގެ ކޮންޓެންޓާ ގުޅުންހުރި މައްސަލައެއް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށް ބުނެފައެވެ. އެ ލަވައިގެ ކޮންޓެންޓުގައި ހުރި މައްސަލަތަކެއް އެ ކޮމިޝަނުން ހާމަ ކޮށްފައެއް ނުވެއެވެ.
"ރާއްޖެ ޓީވީ" އަކީ މީގެކުރިން ރައީސް ޔާމީންގެ ވެރިކަމުގައި އެތައް ފަހަރަކު ޖޫރިމަނާކޮށްފައިވާ ޓީވީ ސްޓޭޝަނެކެވެ.
އެ ޓީވީގެ މައްސަލައެއް ބްރޯޑްކޮމް އިން ބަލަމުން އަންނައިރު އެ ކޮމިޝަނަށް ދާދިފަހަކުން ދެ މެންބަރަކު އައްޔަން ކުރެއްވިއެވެ. އޭގެތެރޭގައި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މުހައްމާ ހިމެނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ