މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ މި ގައުމު ދުށް އެންމެ އަމާނާތްތެރި ރައީސް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އިން ރޭ ބޭއްވި އެޕާޓީގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޔާމީން ވަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން މަނީ ލޯންޑަރ ކުރައްވަން ވެސް ކެރިވަޑައިގެންނެވި ހަމައެކަނި ރައީސް ކަމަށް ތުހުމަތު ކުރައްވަވާފައެވެ. އަދި ރައީސް މުއިއްޒަކީ އެހެން ރައީސުންނަށް ކުރަން ކެރިވަޑައިނުގެންނެވި ކަންކަން ކުރައްވަން ކެރިވަޑައިގެންނެވި ހަމައެކަނި ރައީސް ކަމަށް ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނާއި އެޕާޓީއަށް ތާއީދު ކުރައްވާ ފަރާތްތަކުން ވިދާޅުވާތީ ޔާމީން ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.
ޕީޕީއެމް އުވާލުމަށްފަހު ޕީއެންސީ އަށް މެންބަރުން އިތުރު ވާނެ ކަމަށް ރައީސް މުއިއްޒު ޖެއްސެވި ހިސާބު ދިމާނުވި ކަމަށާއި އެހެންކަމުން ދެން އެމަނިކުފާނު މަސައްކަތް ކުރެއްވީ ޑިޕާޓުމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގައި ހުރި ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަން ކޮށްގެން އެޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ކަމަށް ޔާމީން ވިދާޅުވިއެވެ.
އެ އަމަލަކީ ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމާ މަނީ ލޯންޑަރިންގެ ގާނޫނުގެ ތެރެއިން ކުށަކަށް ވާނެކަން ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.
ޔާމީނަށް ރައްދު ދެއްވުމުގެ ގޮތުން ފަލާހް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒަކީ މި ގައުމު ވެސް ދުށް އެންމެ އަމާނާތްތެރި ރައީސް ކަމަށް ވިދާޅުވެފައެވެ. އަދި ޔާމީނަކީ މިފަހުގެ ތާރީހުގައި ދިވެހި ގައުމު ދުށް އެންމެ ބޮޑު މަކަރުވެރި އަދި ހިޔާނާތްތެރިޔާ ކަމަށް ފަލާހް ވިދާޅުވިއެވެ.
މީގެއިތުރުން ފަލާހް ވަނީ ކަންކަން އޮއްބާލަން ނޫޅުއްވުމަށް ޔާމީނަށް ދަންނަވާފައެވެ. އަދި ޔާމީނު ކުރެއްވި ކަންކަމަށް އިންސާފު އަރާ ހަމަ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ވެރިކަންތަކުގައި ގޯސްކޮށް ކަންކަން ކުރެވިފައި ހުންނާނެ
ތާރީހީ މަޝްވަރާ ބައްދަލުވުމަށްފަހު ތިން ރައީސުންގެ އެއްބަސްވުމެއް!
ފަލާހުއާ ދެކޮޅަށް އައްބާސް އަބުރުގެ ދައުވާކުރަނީ
ކުރީގެ ތިން ރައީސުންގެ ބައްދަލުވުން މިއަދު
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ