ވިލިމާލޭގައި ހުންނަ ސިމިނީ މާރޓް ފިހާރައިން ވިޔަފާރިކުރުމަށްފަހު ފައިސާ ޓްރާންސްފާ ކުރިކަމުގެ ސައްހަނޫން ޓްރާންސްފާ ސްލިޕެއް ފޮނުވާފައިވާ މައްސަލައާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.
މިކަން ހިނގާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ އެމީހާ ފެންނަ ސީސީޓީވީ ފުޓޭޖެއް ވެސް އާއްމު ކޮށްފައެވެ.
ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެމީހާ އަކީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެހެންކަމުން ފުލުހުން ވަނީ އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ވިލިމާލެ ޕޮލިސްގެ ނަންބަރު 9833000 އަށް ގުޅުމަށް އެދިފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ