ރާއްޖޭގައި އިންޑިއާގެ ބަޔަކު ބާއްވަން އުޅުނު ޕޮންގަލް ފެސްޓިވަލް ފުލުހުން ހުއްޓުވައިފިއެވެ.
މި ފެސްޓިވަލަކީ އިންޑިއާގެ ތަމަޅަ މީހުން ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ފެސްޓިވަލެކެވެ. މިއީ އެމީހުންގެ ދީނީ ފެސްޓިވަލެކެވެ.
މި ފެސްޓިވަލް ބާއްވަން ނިންމާފައި އޮތީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. އެކަމަކު ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ޕޮންގަލް ފެސްޓިވަލް ނުބޭއްވޭނެ ކަމަށް އެކަން އިންތިޒާމުކުރި ފަރާތްތަކަށް ކަމާ ބެހޭ އިދާރާތަކުން މިހާރު އަންގާފައިވާ ކަމަށް ބުނެފައެވެ.
އަދި އެ ފެސްޓިވަލް މިހާރު ކެންސަލުކޮށްފައިވާ ކަމަށް އިންތިޒާމުކުރި ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ