ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ކޮންމެ އަހަރަކުވެސް ބައްވާ "ރޯދަ ސޭލް" ޕްރޮމޯޝަން މިއަހަރުވެސް ބޮޑެތި ޑިސްކައުންޓްތަކާއިއެކު ފަށައިފިއެވެ.
އެސްޓީއޯ އިން މިއަދު ބުނީ އެ ސޭލް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މާޗު މަހުގެ 31ގެ ނިޔަލަށް ކަމަށެވެ. މިއަހަރުގެ ރޯދަ ސޭލް ފައްޓަވައި ދެއްވީ ޑިރެކްޓަރ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް އަލްފާޟިލް މުހައްމަދު އީމާން އަދި ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު އަލްފާޟިލް ޒައިދު މުހައްމަދު.
އެސްޓީއޯ އިން ބުނީ އެ ޕްރޯމަޝަންގައި ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އެ ޕްރޮމޯޝަންގައި ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން ހާއްސަ ޑިސްކައުންޓް ކަސްޓަމަރުންނަށް ލިބޭނެ ކަމަށްވެސް ބުންޏެވެ.
އެގޮތުން ނިޕޯން ޕެއިންޓް އިން 20 ޕަސެންޓު އަދި މަކިޓާގެ ޕްރޮޑަކްޓްތަކުން 50 ޕަސެންޓު ޑިސްކައުންޓް ލިބިގެންދާނެއެވެ. އެ ޕްރޮމޯޝަންގެ މިއަހަރުގެ އެންމެ ހާއްސަ ކަމަކީ އެސްޓީއޯއާއެކު ވެލިގާ ފަދަ ޕާޓްނަރެއް ނިޕޯން ޕެއިންޓްގައި ބައިވެރިވުން ކަމަށް އެކުންފުނިން ހާމަކުރެއެވެ.
"މިއަހަރު ބޮޑު އިނާމުގެ ގޮތުގައި، ބައިލައްކަ ރުފިޔާގެ އަގުހުރި މުދާ ކޮންމެވެސް އެއް ނަސީބުވެރިއަކަށް ލިބިގެން ދާނެ" އެސްޓީއޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ ސޭލް ކުރިއަށް ދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓް ތަކުގެ އިތުރުން ވެލިގާ ހާޑްވެއާގެ އައުޓްލެޓް ތަކުގައެވެ. އަދި އެސްޓީއޯގެ ރީޖަލަން އައުޓްލެޓްތަކުގައި ވެސް އެ ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ