މ. މުލަކު މަސް ދޯންޏެއްގެ ފާހާނާއަށް ވެއްޓިފައި އޮތް މީހަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މުލަކު "ސިލްވަރީ" ނަމަކަށް ކިޔައި މަސް ދޯންޏަކުން މަހަށް ގޮސް އުޅުނު މީހަކު އެ ދޯނީގެ ފާހާނާ އަށް ހޭނެތިގެން އިއްޔެ 19:10 ހާއިރު ވެއްޓިފައިވާ ކަމަށެވެ.
އެމީހާ ރޭގެ 20:10 ހާއިރު ގއ، ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އަދި އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަރުވެފައި ވަނީ މުލަކު / މާކޯނި، އަހްމަދު މުހައްމަދު ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ