ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ، ގައުމަށް އުޖާލާ މާދަމާއެއް ހޯދުމަކީ ވާޖިބެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހީންގެ މިނިވަންކަމުގެ ހައްގުގައި ޖިހާދު ކުރި ބަތަލުންނާއި ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ، މި ވަތަނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަށް ހިތްމަތް ކުރުމަކީ ދިވެހިންގެ އެންމެ އިސް ގައުމީ ވާޖިބު ކަމަށެވެ.
ޝަހީދުންގެ ދުވަހެއް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހި ރާއްޖެ ސަލާމް ކުރުމަށް ޝަހީދުވެގެން ދިޔަ އަބުތާލުންގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ޝަހީދުންގެ ދުވަހެއް ފާހަގަކުރަން ފެށީ 14 ޖޫން 1980ވަނަ އަހަރުއެވެ.
ޝަހީދުންގެ ދުވަހާ ގުޅިގެން ބާއްވާ ހާއްސަ ޖަލްސާ މިރޭ އޮންނާނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ