ހެންވޭރުގައި ހުންނަ ގެއެއްގައި ހިންގަމުން އަންނަ އަމިއްލަ އޮފީހެއްގެ ތެރޭގައި ސިނގަރޭޓު އުފައްދާ ކަމުގެ ތުހުމަތުގައި ރޭ ފުލުހުން ހިންގި އޮޕަރޭޝަނުން ގިނަ އަދަދެއްގެ ފޮށިތަކެއް އެތަނުން ބޭރުކޮށްފިއެވެ.
ފުލުހުން ރޭ ބުނީ ހ. ހުޅުގަލި ނަމަކަށް ކިޔާ ގެއެއްގައި ހިންގަމުން އަންނަ އަމިއްލަ އޮފީހެއްގެ ތެރޭގައި ސިނގަރޭޓު އުފައްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާތީ އެތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެތަން ބަލާ ފާސްކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން މިއަދު ބުނީ އެތަނުން ޖުމްލަ 103 ފޮށިގަނޑު އަތުލައިގަނެފައިވާ ކަމަށެވެ. އޭގެތެރޭގައި ދުންފަތް އަޅާފައިވާ ފޮށިތައް ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާ ކަމެކެވެ. އަދި ދުންފަތް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމަކީ ވެސް މަނާ ކަމެކެވެ. މީގެއިތުރުން ބިޑި އަދި ސުއްޓާ ފަދަ ތަކެތި އަމިއްލައަށް އުފެއްދުމަށް ބޭނުންކުރާ އެއްޗެހި އެތެރެކުރުމަކީ ވެސް މަނާ ކަމެކެވެ.
ހަނގުރާމައިގެ ބޭނުމަށް ވައިގެ ސަރަހައްދު ބޭނުންކުރާކަށް ނުދޭނަން
ފެންނަ ނުފެންނަ ވޯޓާ މެދު އަލުން ވިސްނުމަށް ގޮވާލަން: ނަޝީދު
ހަނގުރާމައާ ގުޅިގެން އާމްދަނީއަށް ކޮށްފާނެ އަސަރުތައް ބަލަނީ
ރައީސް އަޅުގަނޑަށް ތާއީދުކުރާ ކަމަށް ބުނެފައެއް ނޯންނާނެ: ޣާލިބް
ރައީސްގެ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެކަނި
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭ ތާއީދު