މާލޭގެ އޮފީހެއްގެ ތެރޭގައި ސިނގަރޭޓު އުފައްދާ ކަމުގެ ތުހުމަތު ކުރެވޭތީ، ފުލުހުން އެތަނަށް ވަދެ ބަލާ ފާސްކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ ހ. ހުޅުގަލި ނަމަކަށް ކިޔާ ގެއެއްގައި ހިންގަމުން އަންނަ އަމިއްލަ އޮފީހެއްގެ ތެރޭގައި ސިނގަރޭޓު އުފައްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާތީ އެތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެތަން ބަލާ ފާސްކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާ ކަމެކެވެ. އަދި ދުންފަތް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމަކީ ވެސް މަނާ ކަމެކެވެ. މީގެއިތުރުން ބިޑި އަދި ސުއްޓާ ފަދަ ތަކެތި އަމިއްލައަށް އުފެއްދުމަށް ބޭނުންކުރާ އެއްޗެހި އެތެރެކުރުމަކީ ވެސް މަނާ ކަމެކެވެ.
މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ވޭޕް ބޭނުން ކުރުމަކީ ވެސް މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި