ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކ. ހުރާގައި ހާއްސަ އޮޕަރޭޝަނެއް ހިންގައިފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް، އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ޓާސްކުފޯހުން ކ. ހުރާގައި ހާއްސަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި ހުރާގައި ހިންގި އެ އޮޕަރޭޝަންގައި، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 46 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
މީގެކުރިން އިމިގްރޭޝަނުން ވަނީ ކ. ގުރައިދޫގައި ވެސް މިފަދަ ހާއްސަ އޮޕަރޭޝަނެއް ހިންގައިފައެވެ.
އިމިގްރޭޝަނުން ހިއްސާކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މުޅި ޖުމްލަ 5613 ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ. މީގެތެރޭގައި ހިމެނެނީ ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީންނެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި