މިދިޔަ ސަރުކާރުން އިންޑިއާގެ އެހީގައި ކުރިޔަށް ގެންދިޔަ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދެވެން އޮންނަ ހަންކެޑެ ބްރިޖު އަންނަ މަހުގެ އެއްވަނަ ދުވަހު އާއްމުންނަށް ހުޅުވާލަން ނިންމައިފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އައްޑޫ ސިޓީ ހަންކެޑެ ޑީޓުއާ ލިންކް ރޯޑް, އަންނަ މަހުގެ އެއްވަނަ ދުވަހު ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާލާނެއެވެ. އެ މަޝްރޫއަކީ އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓާ ޑްރެއިނޭޖް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން ނިންމާފައިވާ މަޝްރޫއެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހަންކެޑެ ބްރިޖުގެ މަސައްކަތް ނިންމައި ދިވެހި ސަރުކާރާ ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 11ވަނަ ދުވަހުއެވެ.
ދެހާސް އެކާވީސް ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފެށި ހަންކެޑެ ބްރިޖުގެ މަސައްކަތް ނިންމާފައިވާއިރު އެ ބްރިޖަކީ 1.463 ކިލޯމީޓަރުގެ ހަތަރު ލޭނު ގާއިމް ކޮށްފައިވާ ބްރިޖެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ