ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލައިފިއެވެ.
އެޕާޓީ އަށް މެންބަރުން ހަމަ ނުވާތީ އުވާލުމަށް މިދިޔަ އޮގަސްޓު މަހުގެ 25ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
ތިން ހާސް މެމްބަރުން ހަމަނުވާ ޕާޓީތަކަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އުވާލާނެ ކަމަށް ބުނެ 2022ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް އިލެކްޝަނުން ބުންޏެވެ. އޭރުވެސް އެމްއާރްއެމް ހިމެނެއެވެ.
އޭރު އެމްއާރްއެމް އިން ބުނީ އެޕާޓީގެ މެމްބާޝިޕް ދަށްވީ، އެނގުމަކާއި ނުލާ އެޕާޓީގެ މެންބަރުންތަކެއް އެހެން ޕާޓީތަކަށް ގެންދިއުމުން ކަމަށެވެ.
އީސީން އެމްއާރްއެމް އުވާލާފައި މިވަނީ އެޕާޓީ އުވާލުމަށް ދެވަނަ ފަހަރަށް ނިންމުމަށް ފަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި މިއަދު ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް އެމްއާރްއެމް އަށް ދިން މުއްދަތުގައި 3،000 މެންބަރުން ހަމަވެފައި ނުވާ ކަމަށެވެ.
ދާދިފަހަކުން އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެމްއާރްއެމްގައި މިހާރު ތިބީ 1،867 މެންބަރުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ