ކުރިޔަށް އޮތް ދެ އަހަރުވެސް ގައުމީ ފެންވަރުގައި، ގައުމީ ދުވަސް ހއ. އުތީމުގައި ފާހަގަކުރައްވަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
ހއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގައުމީ ދުވަސް ފާހަގަކުރުމަށް އެމަނިކުފާނު ވިސްނަނީ ކުރީގެ ސަރުކާރުތަކާ ހިލާފަށް ކަމަށެވެ.
"އަޅުގަނޑުގެ ވިސްނުން ތަފާތު، މި ގަނޑުވަރާއި، ރަށުގައި ހުރި މުހިންމު ތަންތަނާއި، ތާރީހީ ގޮތުން ހިމާޔަތް ކޮށް ބަލަހައްޓަން، ޖެހޭނެ ތަންތަނާއި، އަދި ގައުމީ ވިސްނުމެއްގައި އަޅުގަނޑުމެންނަށް ގެންދެވިދާނެ ޕްރޮގްރާމްތަކާއި، މިކަހަލަަ އެކި ކަހަލަ ކަންކަން ހިމަނައިގެން ގައުމީ މަޝްރޫއެއްގެ ގޮތުގައި މިރަށުގައި ކަންތައްތަކެއް ކުރަން،" ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި މިހާތަަނަށް ސަރުކާރުން ނުދޭ ސަމާލުކަމެއް ދީގެން ޖެހިޖެހިގެން ދެ އަހަރު ގައުމީ ދުވަސް އުތީމުގައި ފާހަގަކުރައްވާނެ ކަމަށެވެ.
"އެއީ އަޅުގަނޑު ގަސްތު ކުރަނީ ދެ އަހަރުގެ މަޝްރޫއެއްގެ ގޮތުގައި މިކަން މިރަށުގައި ކުރިއަށް ގެންދަން، އޭގެ ނަތީޖާއަކަށް ވާނީ އަޅުގަނޑުމެންނަށް ފިކުރީ ގޮތެއްގައި މި ގައުމީ ވިސްނުން،" ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އުތީމު ގަނޑުވަރު ވެސް ހިމާޔަތް ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"އެތަން ޓްރީޓްމެންޓް ދީގެން، ހަގީގަތުގައި އެ ހުންނަވާ އޮރިޖިނަލަޓީގައި، ތަން ބެލެހެއްޓުމަށްޓަކައި މިހާތަނަށް ނެތް އެކަށިގެންވާ ސަމާލުކަމެއް ދެވިފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ގައުމާއި ދިވެހި ގައުމިއްޔަތު ހިމާޔަތް ކުރަނަމަ، އުތީމުގެ ކަންކަމުގައި ސަރުކާރުކަތުން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ