އިންޑިއާ އަކީ ދިވެހިރާއްޖޭގައި އޮތް ޑިމޮކްރަޓިކް ނިޒާމު ދަންނަ، ދިވެހިންނަށް އިހްތިރާމް ކުރާ ބައެއް ކަމަށް ފޮރިން މިނިސްޓަރު ހަލީލް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ހުޅުމާލޭގެ ސެންޓްރަކް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ އިންޑިއާ އަކީ ދުނިޔޭގައިވެސް އެންމެ ބޮޑު ޑިމޮކްރަސީ އޮތް ގައުމު ކަމަށެވެ. އަދި އެފަދަ ގައުމަކާއި ދިވެހިރާއްޖެއާ ދެމެދު ގާތް ގުޅުމެއް އޮތުމަކީ އެކަމަށް ދިވެހިން އުފާ ކުރާ ކަމެއް ކަމަށް އެމަނިކުފާނު ސިފަ ކުރެއްވިއެވެ.
"ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ، ގާތް ގުޅުން ބިނާވެފައި ވަނީ އެއް ގައުމު، އަނެއް ގައުމުން ގަބޫލުކުރާ ހަމަތަކާއި އިހްތިރާމްގެ މައްޗަށް،" ހަލީލްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ހަލީލްގެ ވާހަކަފުޅުގައި ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުމަށް މިއަހަރު 60 އަހަރު ފުރޭނެކަން ފާހަގަކުރެއްވިއެވެ. ފާއިތުވެދިޔަ 59 އަހަރުވެސް ރާއްޖެ އިން އިންޑިއާއާއެކު ސާބިތުކަމާއެކު ދެމި އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދެގައުމުގެ ގާތް ގުޅުމުގެ ސަބަބުން ރާއްޖެއަށް އެތައް ފައިދާތަކެއް ކޮށްފައިވާކަން ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އުމްރާނީ ގޮތުން ރާއްޖެއަށް އެތައް ތަރައްގީއެއް އިންޑިއާގެ އެހީގައި ގެނެސްދީފައިވާކަން ފާހަގަކުރެއްވިއެވެ. އޭގެ މިސާލު ދައްކަވަމުން މިނިސްޓަރު ވަނީ މާލޭގައި ހުންނަ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުގެ ނަން ހިއްސާ ކުރައްވަވައިފައެވެ.
މީގެއިތުރުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ތިލަމާލެ ބްރިޖުގެ މަޝްރޫއު ނިމުމުން އިންޑިއާގެ ފަންނީ ތަޖުރިބާ ފެންނަ، ދެ ގައުމުގެ ވަރުގަދަ ގުޅުން ހާމަކޮށްދޭނެ ރަމްޒަކަށް އެކަން ވެގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
		
										
										
		
		
		
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު								
														
							
								ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ