ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވާ ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވަނީ ހަމަ ހުރެފައި ނޫން ކަމަށާއި އެއީ ޕްލޭންކޮށް މަޝްވަރާ ކޮށްގެން ވިދާޅުވާ ވާހަކަތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅުގެ 10 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މުރައިދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވަވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ ގާތަށް އެމަނިކުފާނު ވަޑައިގެން، ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާތީ ބައެއް ފަރާތްތަކުން އެކަމަށް ފާޑު ކިޔަމުން އަންނަ ކަމަށެވެ.
އެގޮތުން އެމަނިކުފާނު ރަށެއްގައި ވަކި ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވުމުން، އެއީ ނުވާނެ ކަމެއް ކަމަށާއި ބަޖެޓު ނެތް ކަމެއް ކަމަށް ބުނެ ފާޑުތައް ކިޔައި ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް ރައީސް ވަނީ ވެރިކަމަށް އައުމަށްޓަކައި ރައްޔިތުން ގާތުގައި ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް ފޮތެއްގައި ސާފުކޮށް ލިޔެވިފައިވާ ކަމަށެވެ. ސަރުކާރުން ކުރާ ކަންކަން ވެސް ސާފުކޮށް ރައްޔިތުންނަށް ފެންނަމުން އަންނަ ކަމަށާއި މިދިޔަ އަހަރު ތަރައްގީގެ މަސައްކަތްތައް ނުކުރެވުނު ސަބަބުތައް ވެސް ރައްޔިތުންނަށް ސާފުކޮށް ބަޔާން ކޮށްދެއްވި ކަމަށެވެ.
""ދެން ފެނިގެންދާނީ އަޅުގަނޑުމެން ފާސްކުރި ބަޖެޓުގެ ތެރެއިން މަޝްރޫއުތައް ފަށައިގަންނަތަން. ހުއްޓިފައިވާ މަޝްރޫއުތަކާ އަލަށް ފަށާ މަޝްރޫއުތައް ހިނގައިގަންނަތަން. މިއަހަރާ އަންނަ އަހަރު ފެންނާނީ މި ދެބާވަތުގެ މަޝްރޫއުތައް ކުރިއަށްދާތަން،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ކޮންމެ ރަށެއްގެ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތާއި އިންސާނީ ވަސީލަތްތައްވެސް ގާއިމްކޮށްދެއްވާނެ ކަމަށެވެ.
"އިންޓަގްރިޓީއާ މެދު ސުވާލު އުފެދޭ ކަމެއް މިތާ އިނދެގެން ނުކުރާނަން"
ދިވެހި ދެ އުމްރާވެރިޔަކު ނިޔާވެއްޖެ
ކިލޯއަކަށްވުރެ ގިނަ ޑުރަގާއެކު މާލޭން ދެ މީހަކު ހައްޔަރުކޮށްފި
އިންޑިއާ ހައި ކޮމިޝަނުން އިސް ނަގައިގެން އައިޓެކް ދުވަސް ފާހަގަކޮށްފި
ބޭރުގެ ބަޔަކަށް ވިޔަފާރި ބަނދަރު ދޭން އުޅޭ ވާހަކަ ޒަމީރު ދޮގުކޮށްފި