ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިސަލް މަގާމުން މިއަދު ވަކި ކުރެއްވުމާއި ހަމައަށް ވެސް މަސައްކަތް ކުރައްވަމުން ގެންދެވީ އިހްލާސްތެރިކަމާ ތެދުވެރިކަމާއެކު ކަމަށް ފައިސަލްގެ ބައްޕާފުޅު އަދި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ފައިސަލް ވަކިކުރެއްވުމަށްފަހު، މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީ ގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ވަނީ ހަވާލުކުރައްވާފައެވެ.
މަޖިލީހުގެ ރައީސް އަބްދުރަހީމް ދަރިކަލުން ފައިސަލް މަގާމުން ވަކިކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ރަސްމީ ދަތުރުތައް ނުކުރުމަށް ރައީސް އޮފީހުން އެންގިތާ ހަތްފާއެއް ފަހުންނެވެ.
އެކްސްގައި އަބްދުއްރަހީމް ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އޭނާގެ ދަރިކަލުން އިބްރާހީމް ފައިސަލަށްޓަކައި ފަހުރުވެރިވާ ކަމަށެވެ.
"ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގެ މަގާމުގައި ހުރެގެން ހިދުމަތް ކުރީ އިހްލާސްތެރިކަމާ ތެދުވެރިކަމާއެކު. ނަތީޖާނެރެދެއްކި. ދާއިރާގެ އިތުބާރާ ލޯބި ހޯދި،" އަބްދުއްރަހީމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
މި ސަރުކާރުގެ ކެބިނެޓް ވަޒީރުންގެ ތެރެއިން، ފައިސަލްގެ ގާބިލުކަމާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ސަބަބަކީ އޭނާއަކީ ޓޫރިޒަމް ދާއިރާގެ ތަޖުރިބާ ނެތް، އެ ދައިރާއިން ތައުލީމު ހާސިލުކޮށްފައިވާ މީހަކަށް ވެސް ނުވާތީއެވެ. ފައިސަލް ވަނީ ބިޒްނަސް މެނޭޖްމެންޓުން ފަސްޓް ޑިގްރީ ހާސިލުކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ