މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، އެ މަގާމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަކިކުރައްވައިފިއެވެ.
ފައިސަލް ވަކިކުރެއްވުމަށްފަހު، މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީ ގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ވަނީ ހަވާލުކުރައްވާފައެވެ.
މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲގެ ދަރިކަލުން ފައިސަލް މަގާމުން ވަކިކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ރަސްމީ ދަތުރުތައް ނުކުރުމަށް ރައީސް އޮފީހުން އެންގިތާ ހަތްފާއެއް ފަހުންނެވެ.
މި ސަރުކާރުގެ ކެބިނެޓް ވަޒީރުންގެ ތެރެއިން، ފައިސަލްގެ ގާބިލުކަމާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ސަބަބަކީ އޭނާއަކީ ޓޫރިޒަމް ދާއިރާގެ ތަޖުރިބާ ނެތް، އެ ދައިރާއިން ތައުލީމު ހާސިލުކޮށްފައިވާ މީހަކަށް ވެސް ނުވާތީއެވެ. ފައިސަލް ވަނީ ބިޒްނަސް މެނޭޖްމެންޓުން ފަސްޓް ޑިގްރީ ހާސިލުކޮށްފައެވެ.
ފަވަރައާ ޔޫޕީއައި ގުޅާލުމުން ދެގައުމަށްވެސް ލުއިތައް ލިބޭނެ
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ