ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ސަސްޕެންޑު ކުރި މުހައްމަދު ނިހާދު ފިނޭންސް މިނިސްޓްރީ އަށް ބަދަލުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީ އަށް އޭނާ ބަދަލުކުރެއްވިއިރު މިހާރު އޭނާ އެ މިނިސްޓްރީ އަށް ރަސްމީކޮށް ނިކުންނަވަން ވެސް ވަނީ ފައްޓަވައިފައެވެ. އެ މިނިސްޓްރީ އަށް އޭނާ ބަދަލުކުރެއްވީ ވެސް ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
ނިހާދު ސަސްޕެންޑު ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 23ވަނަ ދުވަހު ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާއެއްގައި އޭނާ ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.
އެރޭގެ ޖަލްސާގައި ނިހާދު ވަނީ އިދިކޮޅު އެމްޑީޕީން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އޭނާ ސަސްޕެންޑު ކުރީ އެ މައްސަލާގައެވެ. އަދި އެކަމާއި ގުޅިގެން ނިހާދު ވަނީ މައާފަށްވެސް ފަހުން އެދިފައެވެ.
ނިހާދަކީ 19ވަނަ ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރެވެ. އަދި އޭނާ ކުރިން ހުންނެވީ އެމްޑީޕީގައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން