އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނަމުގައި ގދ. ތިނަދޫ ކައުންސިލަށް ބަޔަކު އައިސް އެ ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގި ކަމަށް ބުނާ ވާހަކަ އޭސީސީން ދޮގުކޮށްފިއެވެ.
ތިނަދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އޭސީސީގެ ނަމުގައި އައި ބަޔަކު ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ ކަމަށެވެ.
އެ މައްސަލައަކީ ޕޮލިހަށް ވެސް ހުށަހެޅިގެން ބަލަމުންދާ މައްސަލައަކަށްވާތީ ކައުންސިލުގެ ބައެއް ހިދުމަތްތައް މެދުކެނޑިފައިވާ ކަމަށް ކައުންސިލުން ވަނީ ރައްޔިތުންނަށް އަންގައިފައެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ ތިނަދޫ ކައުންސިލުން ވައްކަން ކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް ބެލިބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅިގެން ބަލަން ޖެހޭ ބެލުންތައް ބަލަމުން އަންނަ ކަމަށް ބުންޏެވެ.
އޭސީސީން ބުނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން އިއްޔެ އެ ކޮމިޝަނުގެ ޓީމެއް ތިނަދޫ ސިޓީ ކައުންސިލްގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އެކަމުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިފައިނުވާ ކަމަށް އޭސީސީން ބުންޏެވެ.
"ގާނޫނު އަސާސީ އާއ،ި އެންޓި -ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ ދަށުން މި ކޮމިޝަނުގެ ގާނޫނީ އިމުގެ ތެރެއިން އެންމެހާ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު މި ކޮމިޝަނުގެ ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ވަނީ ހޯދާފައެވެ،" އޭސީސީން ބުންޏެވެ.
އަދި އެކަމާ ގުޅޭގޮތުން ކައުންސިލުން ހާމަކޮށްފައިވާ މައުލޫމާތުތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް