ރާއްޖެ އާއި އިންޑިއާގެ މަސްލަހަތާއި އެއްގޮތަށް މަސައްކަތް ކުރުމުގައި ސާބިތުވެ، އަބަދުވެސް ތިބޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާއިރު އިންޑިއާ ވެސް އޮތީ ހަމަ އެ ވިސްނުމުގައި ކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅިގެން އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮތް އިހުތިރާމާއި އެއްގޮތް ވިސްނުންތަކުގެ ސަބަބުން އުފެދިފައިވާ ގުޅުމެއް ކަމަށެވެ.
މީގެއިތުރުން ދެގައުމަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް އެކުގައި މަސައްކަތްކޮށް ދެގައުމުގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތް ކުރުމުގައި ސާބިތުވެ ތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖަށް ޝުކުރު އަދާ ކުރައްވަވާ މޯދީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެގައުމުގެ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުންތައް އިތުރަށް ފުޅާކުރުމުގައި އިންޑިއާ އިން ވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އިންޑިއާއާއެކު މި ސަރުކާރުގެ ގުޅުން މާ ބޮޑަށް ރަނގަޅެއް ނޫނެވެ. ނަމަވެސް މިއަދު ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އަދި ރައީސް މުއިއްޒު ވެސް ވަނީ މިދިޔަ އަހަރު އެގައުމަށް ވަޑައިގެން އެގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ.
މީގެއިތުރުން ދެގައުމުގެ ރައްޔިތުންނަށް ފައިދާވާނެ ކަންކަމާއި ގުޅޭ ގޮތުން އެ ދަތުރުފުޅުގައި މަޝްވަރާވެސް ކުރެވުނެވެ. ދާދިފަހުން ފޮރިން މިނިސްޓަރު ހަލީލް ވެސް އިންޑިއާ އަށް ވަނީ ވަޑައިގެންފައެވެ.
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި