ރާއްޖެ އާއި އިންޑިއާގެ މަސްލަހަތާއި އެއްގޮތަށް މަސައްކަތް ކުރުމުގައި ސާބިތުވެ، އަބަދުވެސް ތިބޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވަވައިފިއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅިގެން އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮތް އިހުތިރާމާއި އެއްގޮތް ވިސްނުންތަކުގެ ސަބަބުން އުފެދިފައިވާ ގުޅުމެއް ކަމަށެވެ.
މީގެއިތުރުން ދެގައުމަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް އެކުގައި މަސައްކަތްކޮށް ދެގައުމުގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތް ކުރުމުގައި ސާބިތުވެ ތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އިންޑިއާއާއެކު މި ސަރުކާރުގެ ގުޅުން މާ ބޮޑަށް ރަނގަޅެއް ނޫނެވެ. ނަމަވެސް މިއަދު ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އަދި ރައީސް މުއިއްޒު ވެސް ވަނީ މިދިޔަ އަހަރު އެގައުމަށް ވަޑައިގެން އެގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ.
މީގެއިތުރުން ދެގައުމުގެ ރައްޔިތުންނަށް ފައިދާވާނެ ކަންކަމާއި ގުޅޭ ގޮތުން އެ ދަތުރުފުޅުގައި މަޝްވަރާވެސް ކުރެވުނެވެ. ދާދިފަހުން ފޮރިން މިނިސްޓަރު ހަލީލް ވެސް އިންޑިއާ އަށް ވަނީ ވަޑައިގެންފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ