ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓުން ވަނީ މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް މާލެ ސަރަހައްދު ހިމެނޭހެން ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފައެވެ. އެލާޓު ނެރެފައި ވަނީ 11 އަތޮޅަކަށެވެ. އެއީ ށ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ރަށްތަކާއި ހަމައަށެވެ.
މެޓުން އެލާޓު ނެރެފައި ވަނީ ހެނދުނު 10:45 އިން މެންދުރު 14:30 އަށެވެ.
އެވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ