ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ ވަޓްސްއަޕް ގްރޫޕަށް މިއަދު ފޮނުވާފައިވާ މެސެޖެއްގައި ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އާއި، ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ.
"އޭގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއާ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ނ. ހޮޅުދޫ އަށް ޒިޔާރަތްކޮށް މި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި،" ފުލުހުންގެ މެސެޖުގައިވެއެވެ.
ޒަހަމްތަކަކާ އެކު ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނުއެވެ. އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް ޒަކިއްޔާގެ ރަށް ހޮޅުދޫގައި މި މަރާއި ގުޅިގެން ދާދިފަހުން ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ ޒަކިއްޔާ މަރުވެފައި ވަނީ މީހެއްގެ ފުށުން ލިބުނު އަނިޔާއެއްގެ ސަބަބުންކަން މިހާތަނަށް ތަހުގީގުން ފެނިފައިވާ ނުވާ ކަމަށެވެ.
ނަމަވެސް ޒަކިއްޔާ އަށް އަނިޔާގެ ގިނަ ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި އެގޮތުން ކަރުގެ ދެފަރާތުގައި ތޫނު އެއްޗަކުން ލިބިފައި ހުރި އަނިޔާގެ ޒަހަމްތައް ހުރި ކަމަށް ފުލުހުން ބުންޏެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު