މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިޔާދަކުރަނިިވި ހަކަތަކައިން ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅުގެ 11 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހުޅުދުއްފާރު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ސްކޫލުތައް ފިނިކޮށް ބެހެއްޓުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ހޫނުގަދަ ރަށްތަކުގެ ސްކޫލުތައް ހުންނަން ޖެހޭނީ ފިނިކޮށެވެ.
"މި އަހަރުގެ ދެން އޮތް ތަނުގައި މި ރަށާއި [ހުޅުދުއްފާރާއި] ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލެއްގެ ހުރިހާ ކްލާހެއް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑުދެން،" ރައީސް ވިދާޅުވިއެވެ.
މަސައްކަތް ކުރައްވާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން އެ މަސައްކަތް ނިންމާލުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރު ހުރިހާ ސްކޫލެއްގެ ކުލާސް ރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއު "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހް ކުރީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.
ސަރުކާރުން އޭރު އަމާޒު ހިފާފައި ވަނީ 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސަރުކާރުގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކޮށް ނިންމާލުމެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ