ވަގު ލިޔެކިޔުންތަކެއް ހުށަހަޅައިގެން، ހުޅުމާލެ ދެ ވަނަ ފިޔަވަހިން ހިލޭ ގޯތި ހޯދަން އުޅުނު މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލާގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާ ސުވާލުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ "ހަތާވީސް" އަށް ވިދާޅުވީ ފަޒުލްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާއާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. މީގެކުރިން ވެސް ފަޒުލް ފުރުން މަނާ ކުރުމަށް އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތް އޮތުން ދަމަހައްޓާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލްގެ މައްޗަށް ކުރަނީ އެކުންފުނީގެ ރަސްމީ ލިޔުންތަކެއް ނައްތާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ކަމަށެވެ.
މި މައްސަލާގައި ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލްގެ މައްޗަށް ވެސް ތުހުމަތުތަކެއް ކުރެއެވެ. ފަޒީލްގެ މައްޗަށް ފުލުހުން ކުރަނީ ޑޮކިއުމެންޓު ފޯޖު ކޮށްފައިވާ ތުހުމަތެވެ.
އެޗްޑީސީގެ ތެރޭގައި ހިނގާދިޔަ މި ކަންތައްތަކާއި ގުޅިގެން އެކުންފުނީގެ ބޯޑުގެ ޗެއާޕާސަން ފިޔަވައި އެހެން ހުރިހާ މެންބަރުން ސަސްޕެންޑުވެސް ކުރިއެވެ. އަދި އެ ހުރިހާ ފަރާތްތަކުގެ ޕާސްޕޯޓު ވެސް ހިފެހެއްޓިއެވެ. ނަމަވެސް ފަހުން އެ ފަރާތްތަކުގެ ޕާސްޕޯޓު ދޫކޮށް ސަސްޕެންޝަން ވެސް އުވާލިއެވެ.
"ޕެޓްސް" މުބާރާތުން ދިވެހި ސިފައިންނަށް ރަންމެޑަލް
"ސިއްހަތަށް ނުރައްކާވާ" މިންވަރަށް ކުރިޔަށް ހަތަރު ދުވަހު ވައިނުސާފު
ރައީސް ޖަރުމަނަށް ފުރާވަޑައިގެންފި
ދެ އިންތިހާބު އެއްކޮށްލާ ބިލު ކޮމެޓީން ފާސްކޮށްފި
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ ފުނޑާލަން