ކްލިކް ކޮލެޖުން ކުރިޔަށް ގެންދާ ކޯސްތަކުގެ ތެރެއިން ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމުގެ ފުރުސަތު މިހާރު ހުޅުވިފައި އޮތްއިރު އެންމެ ޑިމާންޑް ބޮޑު އެއް ކޯހަކީ ބެޗެލަރ އޮފް ސްޕޯޓްސް އެންޑް އެންޑް އެކްސްސަރސައިޒް އަދި ޑިޕްލޮމާއިން ސްޕޯޓްސް އެންޑް އެކްސްސަރސައިޒް އެވެ.

"އަދި އެބަހުރި މަދު ޖާގައެއް މި ދާއިރާވެގެން މިދިޔައީ ކުދިން މާ ގަޔާވާ ދާއިރާއަކަށް" ކްލިކް ކޮލެޖްގެ ޑެޕިއުޓީ ޑީން ފާތިމަތު ޝައުފާ ވިދާޅުވިއެވެ

ކޮލެޖުން ބުނީ ކުޅިވަރުގައި ރާއްޖޭގައި މަޝްހޫރު ބައެއް އެތްލީޓުން މިވަގުތުވެސް މި ޕްރޮގްރާމްގައި ކިޔަވަމުންދާކަމަށެވެ.

"ރިޓަޔަރމަންޓަށްފަހު ކުޅިވަރުގެ މެނޭޖްކުރުން، ދާއިރާގެ އަމިއްލަ ވިޔަފާރި، ކޯޗިންގ، ކިޔަވައިދިނުން މިއިން ކޮންމެ ދިމާލަކަށްވެސް ނުކުތުމުގެ ފުރުސަތު އެބަ ލިބޭ މި ޕްރޮގްރާމް ފުރިހަމަ ކުރުމުން، އަޅުގަނޑުމެންނަށް ހީވަނީ މިއީހެން މިހާ ބާރުބޮޑު މިވާ ސަބަބަކީ" ޝައުފާ ވިދާޅުވިއެވެ.

ކްލިކްގެ މި ޕްރޮގްރާމަކީ ރާއްޖެއަށް މީހުން ބޭނުންވާ ދާއިރާތަށް ދެނެގަނެވިގެން މިހާރުވެސް ވަޒީފާގެ ބާޒާރުގައި ގިނަ ފުރުސަތުތަކެއް އޮތް ދާއިރާއެކެވެ

ސްޕޯޓްސް ސުޕަވައިޒަރުން، ކޮމިއުނިޓީ ސްޕޯޓްސް ކައުންސިލަރުންފަދަ މަގާމުތަކަށްވެސް ޝަރުތު ހަމަވާ ގާބިލް މީހުން ލިބުމުގައި ދިމާވާ ދަތިތަކަށް މި ޕްރޮގްރާމްގެ ސަބަބުން ހައްލެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން ސްކޫލްތަކުގެ ސްޕޯޓްސް ސުޕަވައިޒަރުންނާއި، ކްލަބްތައް ހިންގާ ފަރާތްތަކާއި، ކޯޗިންގ، އަދި ކުޅިވަރު އެސޯސިއޭޝަން ތަކުގެ ހަރަކާތްތެރިން މިހާރުވެސް މި ޕްރޮގްރާމްގެ ތެރެއިން ތައުލީމު ހާސިލްކުރަމުންދެއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ސަނަދުތަކެއްގެ މައްޗަށް ހިންގާ ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ވަޒިފާގެ ބާޒާރުގައި ޑިމާންޑް ބޮޑެވެ.

މި ޕްރޮގްރާމްގައި މިހާރު ކިޔަވަމުންދާ ދަރިވަރަކު ބުނިގޮތުގައި އޭނާގެ އަމާޒަކީ ދަނޑުމަތިން ރިޓަޔަރ ކުރަންވާއިރަށް ތިއަރީތައްފަރިތަކަމާއެކު ބުނެދެވޭނެ ސަނަދު އޮތް މީހަކަށް ވުމެވެ.

"އަސްލު ކުޅިވަރުގެ ފިޒިކަލް ސްޕޯޓްސްގައި މި އުޅެވެނީ ވަކި އުމުރެއްގައި، ހިތާ ދެކޮޅަށްވެސް އެކަން އެބަޖެހޭ ގަބޫލް ކުރަން ދެން ރިޓަޔަރ ވެފަ ބަޔަކަށް އެއްޗެއް ބުނެދެވެން މި އޮތީ މިފަދަ ގޮތަކަށް އެއްޗެއް ދަސްކޮށްގެން" ޑިޕްލޮމާއިން ސްޕޯޓްސް އެންޑް އެކްސްސަރސައިޒް ޕްރޮގްރާމްގައި ކިޔަވަމުންދާ ދަރިވަރު ބުންޏެވެ.

ޑިޕްލޮމާ އިން ސްޕޯޓްސް އެންޑް އެކްސްސަރސައިޒް ޕްރޮގްރާމްގެ މުއްދަތަކީ އެއް އަހަރު އަދި ބެޗެލަރ އޮފް ސްޕޯޓްސް އެންޑް އެކްސްސަރސައިޒް ޕްރޮގްރާމްގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ.

އެހެނިހެން ޑިގްރީ ޕްރޮގްރާމް ތަކެކޭ އެއްގޮތަށް ދައުލަތުން ދޭ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން މި ޕްރޮގްރާމް ފުރިހަމަ ކުރެވެއެވެ.

މި ކޯހާއި ގުޅޭ އިތުރު މައުލޫމާތު ކްލިކް ކޮލެޖްގެ ނަމްބަރު 3334036 އަދި ހޮޓްލައިން ނަމްބަރ 7728019އަށް ގުޅުމުން ލިބޭނެއެވެ.