އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޖީ. ބާލަސުބްރަމާނިއަން، ފޮރިން މިނިސްޓަރު ހަލީލާ ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި އެ ބައްދަލުވުމަކީ މަގާމުގެ މަސްއޫލިއްޔަތާއި ބާލަސުބްރަމާނިއަން ހަވާލުވެވަޑައިގެންނެވި ފަހުން، ފޮރިން މިނިސްޓަރު ހަލީލާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުނު ކަމަށެވެ.
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޖީ. ބާލަސުބްރަމާނިއަން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެރުވީ މިމަހުގެ ހަވަނަ ދުވަހުއެވެ.
ދާދިފަހުން ފޮރިން މިނިސްޓަރު ހަލީލް ވަނީ އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައެވެ. އެއީ ފޮރިން މިނިސްޓަރުކަމާ ހަލީލް ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އެ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓަރު ޖައިޝަންކަރާ ބައްދަލުކުރެއްވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ