މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން އެ މައްސަލާގައި ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭ، ފަރާތްތަކާއެކު ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން އެކުލަވާލާފައިވާ އިމިއުނިޓީ އަދި އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕީޖީ ނިންމައިފިއެވެ.
މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕްރޮސިކިއުޓަރު ޖެނެރަލް ނިންމަވާފައި ވަނީ މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައި ކަމަށްވީ ނަމަވެސް، އެ މީހުންގެ ފަރާތުން މައްސަލައިގެ ތަހުގީގަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާ ކަމަށް ތަހުގީގީ އިދާރާތަކުން މައުލޫމާތު ދީފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
އެއްބަސްވުން އުވާލަން ނިންމި މީހުންގެ ވަނަވަރު:
1. ހ. ސާމަރާ، އަހްމަދު އަދީބު އަބްދުލްގަފޫރު
2. މ. ލޭންޑް އޮފް ގާރޑެން، އަހްމަދު އިޝްފާހް އަލީ
3. މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފް
4. ގ. އޮއިވާލި، މުހައްމަދު ހުސައިން
މީގެ އިތުރުން، ހ. އާހަމަ، ޒިޔާތުއާއެކު ވެފައިވާ އެއްބަސްވުން 2022 އޮގަސްޓު މަހުގެ ތެރޭގައި އެ އޮފީހުން މީގެކުރިން ވަނީ ނިމުމަކަށް ގެނެސްފައެވެ.
ޕީޖީން ބުނީ މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، މި މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށްގެންދަވައި، ވީ އެންމެ އަވަހަކަށް އެ އޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ހިދުމަތަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.
36 ކިލޯގެ ޑުރަގު އެތެރެކުރި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި
ދެ ގައިދީން މަރުވި މައްސަލާގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސް
މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް ހަދަނީ
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި