ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގުމުން މަޑުނުކޮށްދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ ކެއާ ޕްލަސް ފިހާރަ ކައިރީގައި އިއްޔެގެ ވަގުތެއްގައެވެ. އެ އެކްސިޑެންޓުގައި، ހިނގާފައި ދިޔަ 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ސައިކަލުން ޖެހި އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
ސައިކަލު ދުއްވި މީހާ އެކްސިޑެންޓުވުމުން ސައިކަލު ދޫކޮށްލުމަށްފަހު ވަނީ ފިލާފައެވެ. އިއްޔެގެ ވަގުތެއްގައި އެ މީހާ ހޯދައި ވަނީ ހައްޔަރުކޮށްފައިވެއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫ / ފުރުސަތު، ލޫތު އިބްރާހީމް (27 އ) އެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި