ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯގެ ކަރަންޓް ޓްރާންސްފޯމަރުތަކަކުން ވައްކަން ކުރަން އުޅުމުން އެކަން ހުއްޓުވި ސްޓެލްކޯގެ މުވައްޒަފަށް ހަމަލާދިން މީހާގެ ވަނަވަރު ފުލުހުން އާއްމުކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް ދޭއްގެ ރީތިގަސްމަގު ބްރިޖު ކައިރީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަން ކުރަން އުޅެނިކޮށް ސްޓެލްކޯގެ މުވައްޒަފުން ހުއްޓުވުމުން އެތަނުން މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ.
އެ މައްސަލާގައި ށ. ބިލެއްފަހި / ޗަނބޭލީގެ އުމުރުން 37 އަހަރުގެ އިބްރާހީމް ޒާލިފް ނަމަކަށް ކިޔާ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުމުން އެކަން ހުއްޓުވި މުވައްޒަފުންގެ ތެރެއިން އެކަކަށް އެ މީހާ ވަނީ ރެންޗަކުން ޖަހާ މާރާމާރީ ހިންގާފައި ކަމަށާއި ޓްރާންސްފޯމަރަށް ގެއްލުންދިނުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތްވެސް މެދުކެނޑުނު ކަމަށް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ