ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) އަށް އެނގިވަޑައިގަތުމެއްނެތި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރަޖިސްޓަރީކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ފޯމެއް ހުށަހެޅި މައްސަލާގައި، ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.
ވަގު ފޯމު ހުށަހަޅައިގެން ޕާޓީތަކަށް މެންބަރުން އިތުރު ކުރާ މައްސަލަ ބޮޑުވެފައި ވަނިކޮށް މިއަދު ފެންމަތިވީ ވައިކަރަދޫ ދާއިރާގެ މެންބަރު ފިއްޓޭ ޕީއެންސީއަށް ވައްދާފައިވާ މައްސަލައެވެ.
މިކަން މި ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ ފޯމު ބާތިލްކުރެވިފައިވާ ކަމަށް އިލެކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އަދި މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރުގެ މެންބާޝިޕް ހައިސިއްޔަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
"އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އިއްޒައްތެރި މެންބަރު ހުސައިން ޒިޔާދު، އެބޭފުޅާއަށް އެނގިވަޑައިގަތުމެއްނެތި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރަޖިސްޓަރީކުރުމަށްޓަކައި މިކޮމިޝަނަށް ފޯމެއް ހުށަހަޅާފައިވާތީވެ، މިކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅުއަޅާނެ ކަމުގައި ދަންނަވަމެވެ" އިލެކްޝަނުގެ ބަޔާނުގައިވެއެވެ.
އެ ކޮމިޝަނުން ބުނީ އެ މައްސަލައާ ގުޅިގެން އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި މި ފަދަކަމެއް އިތުރަށް ތަކުރާރުނުވާނޭ ފަދައިން އިދާރީ އަދި ގާނޫނީ އިންތިޒާމުތައް ހަމަޖައްސާނެކަމުގެ ޔަގީންކަން އީސީން ވަނީ އަރުވައިފައެވެ.
36 ކިލޯގެ ޑުރަގު އެތެރެކުރި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި
ދެ ގައިދީން މަރުވި މައްސަލާގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސް
މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް ހަދަނީ
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި