އެމްޑީޕީ އާއި ޑިމޮކްރެޓްސްގައި އަމަލީ ގޮތުން މިވަގުތު މަސައްކަތް ނުކުރާނެ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން 2023 ވަނަ އަހަރު ރައީސް ނަޝީދު ނާކާމިޔާބުވެވަޑައިގެންނެވުމުން، އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕް އިއްޔެ ވަނީ އެ ޕާޓީ ދޫކޮށް، އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
އެގޮތުން ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމުގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ރައީސް ނަޝީދު ވަނީ އެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ، "އެކްސް"ގައި ކުރައްވާފައިވާ ޕޯސްޓުތަކެއް ރިޕޯސްޓް ކުރައްވާފައެވެ. ރައީސް ނަޝީދު މިއަދު "އެކްސް" ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ އެމަނިކުފާނުގެ ދަރިއެއްފަދަ ޕާޓީއެއް ކަމަށާއި ޑިމޮކްރެޓްސްއަކީ ޒުވާނުންނަށް ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.
"މީގެއިން އެއްވެސް ޕާޓީއެއްގައި އަމަލީ މަސައްކަތް ކުރާކަށް މިވަގުތު އަޅުގަނޑު ނެތިން. އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ދުރުވާކަށް ވެސް ނެތިން،" ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ ކަންކަމުން ރައީސް ނަޝީދު ދުރަށް ޖެހިވަޑައިގެންނެވުމަށްފަހު، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން އެމަނިކުފާނު ގެންދަވަނީ ކްލައިމެޓް ވަލްނަރަބް ފޯރަމްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު އަދާކުރައްވަމުންނެވެ. ރައީސް ނަޝީދު ދިރިއުޅުއްވަމުން ގެންދަވަނީ ގާނާގައެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ