މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ރޭ ބުނީ 2023ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ދިވެހިރާއްޖޭގެ ޒަކާތު ހައުސް 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ދެވަނަ ދުވަހު އިފްތިތާހު ކުރެވިގެން ދިއުމަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ތަރައްގީ ކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.
މިދިޔަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ދިވެހި ރައްޔިތުން ޒަކާތާ ގުޅުންހުރި ކަންކަމަށް އަހުލުވެރިކޮށް ހޭލުންތެރި ކުރުމަށްޓަކައި ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ނަތީޖާއެއްގެ ގޮތުން ދިވެހި ރައްޔިތުން ޒަކާތުގެ ކަންކަމަށް ފަރުވާތެރިވާ މިންވަރު އިތުރުވެފައިވާކަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އިން އެކުލަވައިލާފައިވާ ހިސާބުތަކުން ދައްކާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެގޮތުން 2024 ވަނަ އަހަރުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 101,939,070.15 (ސަތޭކަ އެއްމިލިޔަން ނުވަލައްކަ ތިރީސް ނުވަހާސް ހަތްދިހަ ރުފިޔާ ފަނަރަ ލާރި) ލިބިފައިވާ ކަމަށް ބުންޏެވެ.
"މިއީ ދިވެހިރާއްޖޭގެ ތަރީހުގައިވެސް އެއް އަހަރެއްގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އެންމެ ބޮޑު އަދަދުކަން ފާހަގަކުރަމެވެ،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަބަދުވެސް ހަރަދު ކުރެވެމުންދަނީ ޝަރުޢީ އުސޫލުތަކާއި މިންގަނޑުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން އޭގެ ހައްގުވެރިންގެ މައްޗަށްކަން ދިވެހި ރައްޔިތުންނަށް ޔަގީންކަން އަރުވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރަކީ ޒަކާތު ފަންޑަށް ވެސް އެންމެ ގިނައިން ފައިސާ ޖަމާވި އަހަރު ކަމަށް އިސްލާމިކް މިނިސްޓްރީން މީގެކުރިން ބުނެފައިވެއެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								