ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި ހަސަން ލަތީފް އިދިކޮޅު އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
ޑިމޮކްރެޓްސް އުފެދުނީ 2023 ވަނަ އަހަރު އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާ ގުޅިގެންނެވެ. ޑެމްސް އުފެއްދީ އެމްޑީޕީން ވަކިވެވަޑައިގެންނެވި މަޖިލިސް މެމްބަރުންތަކެކެވެ.
ޑެމްސް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވު ހަސަން ލަތީފް އެމްޑީޕީ އަށް އަލުން ސޮއިކުރެއްވިއިރު އޭނާ އަކީ އެޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ހަސަން އަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ހަސަން ވާދަކުރައްވާ އެ ގޮނޑި ކާމިޔާބު ކުރެއްވީ ވެސް އެމްޑީޕީގެ ޓިކެޓުގައި ނިކުމެވަޑައިގެންނެވެ.
ހަސަން އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެމްޑީޕީން ވަނީ އެކަމަށް މަރުހަބާ ކިޔައިފައެވެ. ހަސަންގެ އިތުރުން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވެސް އަލުން އެމްޑީޕީއާ ވަނީ ގުޅިވަޑައިގެންފައެވެ.
މި ދެ ބޭފުޅުންގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ ޑީމޮކްރެޓްސް އިން ވަކިވެ، އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ