މިފްކޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި އިލްޔާސް ހަނީފު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް، އިސްތިއުފާ ދެއްވީ އަމިއްލަ ބައެއް ސަބަބުތަކާއި ހުރެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަމާހު ރަޝީދުގެ މައްސަލަތަކެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބަލަމުން ގެންދިޔަ ދުވަސްވަރު މިފްކޯގެ ހިންގުން ވަގުތީ ގޮތުން ހަވާލު ކޮށްފައި ހުރީ އިލްޔާސްއާއެވެ.
އިލްޔާސް މަގާމުން އިސްތިއުފާ ދެއްވުމުން މިހާރު އެކުންފުނީގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޖެނެރަލް މެނޭޖަރު ހާމިދު ނަޒީމެވެ.
މިފްކޯ އަށް މިހާރު ވަނީ ސްވިޓްޒަލެންޑުގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް ނަމަކަށް ކިޔާ ބޭފުޅަކު ސީއީއޯގެ މަގާމަށް އައްޔަން ކުރައްވައިފައެވެ. ނަމަވެސް އޭނާ އަދިވެސް ރަސްމީކޮށް މަގާމާ ހަވާލެއް ނުވެއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން