މާފަންނު ސަހަރާ ހުސް ކުރުމަށް މާލެ ސިޓީ ކައުންސިލުން ހަވާލު ކޮށްފައިވާ ކޮންޓްރެކްޓަރުގެ އިހުމާލުން، އެތަނުގައި ބަހައްޓާފައިވާ ފެން ހިންދާ ޕަމްޕު ހަލާކުވެފައިވީ ނަމަވެސް އެ ޕަމްޕް ސްޓޭޝަން ވަގުތީ ގޮތުން އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. މުއްތަލިބް އެކްސްގައި މިއަދު ވިދާޅުވީ މާފަންނު ސަހަރާ ހުސް ކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އެތަނުގައި ހުރި ފެން ހިންދާ ޕަމްޕަށް ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެ މަސައްކަތަކީ މިނިސްޓްރީގެ ހުއްދަ ހޯދުމަކާއި ނުލައި މާލެ ސިޓީ ކައުންސިލުން ކުރަމުންދިޔަ މަސައްކަތެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.
މާފަންނު ސަހަރާގައި މާލެ ސިޓީ ކައުންސިލާއި އެ ކައުންސިލުގެ ކޮންޓްރެކްޓަރުން އެ މަސައްކަތް ކުރިއަށް ގެންދިޔައީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށާއި އެ މަސައްކަތުގައި ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަނަށް ގެއްލުންތަކެއް ލިބިފައިވާއިރު އެކަން ކުރީ މިނިސްޓްރީއަށް ނާންގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ ފަހުން މިނިސްޓްރީން ވަނީ އެކަމާއި ގުޅޭ ގޮތުން ކުރު ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ މިހާރު އެ ޕަމްޕް ސްޓޭޝަން ވަގުތީ ގޮތުން ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް