ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން ހަސަން ލަތީފު ދާދި ދެންމެއަކު އިސްތިއުފާ ދެއްވައިފިއެވެ.
ހަސަން "ޑެމްސް" އިން އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ އެ ޕާޓީގެ "ނެޝަނަލް އެސެންބްލީ" ވަޓްސްއެޕް ގްރޫޕުގައެވެ.
ހަސަން ޑެމްސްއިން އިސްތިއުފާ ދެއްވާފައި މި ވަނީ އޭނާ އިސްތިއުފާއަށް ގޮވާލައި އެ ޕާޓީގެ ނެޝަނަލް އެސެންބްލީގެ މެންބަރުންތަކެއް ޕެޓިޝަނެއް ތައްޔާރުކުރަމުން ދަނިކޮށެވެ.
އެ ޕެޓިޝަންގައި ބުނެފައި ވަނީ ހަސަން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ގަސްތުކުރައްވައި އެކަމުގެ މަޝްވަރާ ޕާޓީގެ ބޭފުޅުންނާ އެކު ވަކިވަކިން ކުރައްވަމުން ގެންދަވާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި އެ މަޝްވަރާ ހޯއްދަވަމުން ގެންދަވާއިރު ވެސް ޕާޓީގެ ރައީސްގެ މަގާމުން އޭނާ އިސްތިއުފާ ދެއްވާފައި ނުވާ ކަމަށާއި އެ ޕެޓިޝަންގެ ބޭނުމަކީ އޭނާ އިސްތިއުފާއަށް ގޮވާލުން ކަމަށެވެ.
ޑިމޮކްރެޓްސް އުފެދުނީ 2023 ވަނަ އަހަރު އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާ ގުޅިގެންނެވެ. ޑެމްސް އުފެއްދީ އެމްޑީޕީން ވަކިވެވަޑައިގެންނެވި މަޖިލިސް މެމްބަރުންތަކެކެވެ. ރައީސް ނަޝީދު އެ ޕާޓީއާ ގުޅިވަޑައިގެންނެވީ އޭގެ ފަހުންނެވެ.
ޑިމޮކްރެޓްސް އުފެއްދީ ޖުލައި 12، 2023ގައެވެ. އެ ޕާޓީގެ އާންމު މެމްބަރުންގެ އަދަދަކީ 4،328 އެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ