އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށާއި އެތެރޭގެ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކަށް އެމްޑީޕީން އެޅި "ހަރުކަށި" ފިޔަވަޅު އުވާލައިފިއެވެ.
އެ ފިޔަވަޅުތައް އުވާލިކަން މޫސަ މިއަދު ވަނީ "ހަތާވީސް"އަށް ކަށަވަރުކޮށްދެއްވާފައެވެ. މޫސައަށް އެޅި ފިޔަވަޅުތައް އުވާލީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ސިއްރު ބަައްދަލުވުމުގައެވެ.
މޫސަ ވިދާޅުވި ގޮތުގައި އެ ފިޔަވަޅުތަކުގެ ސަބަބުން ނިމިދިޔަ މަޖިލިސް އިންތިހާބާއި މާލޭ މޭޔަރުގެ ބައި އިލެކްޝަނާއި އެމްޑީޕީ މާލެ ދާއިރާގެ ރައީސްކަމުގެ އިންތިހާބުގައި އޭނާއަށް ވާދަ ނުކުރެވުނު ކަމަށެވެ.
މޫސަ އެމްޑީޕީއާ އަލުން ގުޅުނީ 2022 ވަނަ އަހަރުގެ ނޮވެންބަރު 8 ގައެވެ.
އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި މޫސަ އެ ޕާޓީން ވަކިކުރީ މީގެ 10 އަހަރު ކުރިން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މޫސަ ވަކިކުރީ ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބޭ ފަނޑިޔާރުންގެ އަދަދު ފަހަކަށް ކުޑަކުރުމަށް މަޖިލީހުގައި ނެގި ވޯޓުގައި، އެމްޑީޕީން ނެރުނު ވިޕްލައިނާ ޚިލާފަށް ވޯޓު ދެއްވުމުންނެވެ.
އެމްޑީޕީން ވަކިކުރުމުން މޫސަ ވަނީ 2017 ވަނަ އަހަރު އޭރު ވެރިކަމުގައި އޮތް ޕީޕީއެމާ ގުޅިފައެވެ.
މޫސައަށް އެޅި ފިޔަވަޅުތައް އެމްޑީޕީން އުވާލުމާ ގުޅިގެން، އެ ޕާޓީގެ އެހެން އާންމު މެމްބަރުންނަށް ކުރިން އަޅާފައިވާ ފިޔަވަޅުތައް ވެސް އުވިގެންދާނެއެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސްއަށް ބަދަލުވި ކުރީގެ މަޖިލީހުގެ މެމްބަރުންނަށް އެޅި ފިޔަވަޅުތައް ވެސް އުވިގެންދާނެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ