ޖިންސީ ގުނަވަނުގައި މަސްތުވާތަކެތި ހަރުކޮށްގެން އުޅުނު މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ވ. ސެޓެލައިޓް, މުހައްމަދު ނައީމްގެ މައްޗަށް އެ ހުކުމް އައީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމުން އެތަނުން ހިފެހެއްޓުމަށްފަހު އޭނާގެ ހަށިގަނޑު ފާސް ކުރިއިރު, އޭނާގެ ކުރިމަތި ފަރާތުގެ ޖިންސީ ގުނަވަނާއެކު އޮޅާފައި ހުރި 44 ގްރާމްގެ މަސްތުވާތަކެތި ފެނުމުންނެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައިވަނީ އެ ދައުވާއަށް އޭނާ އިންކާރުކުރި ނަމަވެސް, އޭނާގެ ޖިންސީ ގުނަވަނުގައި ހަރުކޮށްފައި ހުރި މަސްތުވާތަކެތި ފުލުހުންނަށް އަމިއްލައަށް ނަގާފައި ދެއްކީ އޭނާކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އަދި އެއީ މަސްތުވާއެއްޗެއްކަން ނޭނގޭ ކަމަށް ބުނި ނަމަވެސް, އެ ތަކެތި ފޮރުވާފައި ހުރިގޮތުން އެއީ މަސްތުވާތަކެތިކަން އެނގޭކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އޭނާ އުމުރަށް ޖަލަށްލުމާއެކު, އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ